މޫސުމާބެހޭ އިދާރާއިން މިއަދުވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލުކަމުގެ އިންޒާރެއް ނެރެފިއެވެ.
މިއީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެފައިވާ ދުވަސްވަރެކެވެ. މީޓިއޮރޮލޮޖީ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި އިންޒާރު ދެމިގެންދާނީ ހެނދުނު 6 ގަޑިން ފެށިގެން މެންދުރު 12 ގަޑިއާ ހަމައަށެވެ. މި މުއްދަތުގައި ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.
އަދި ވިލާގަނޑުގައި ވައިގެ ބާރުމިން 40 މޭލަށް އަރާފާނެކަމަށް ބެލެވެއެވެ. މީގެއިތުރުން، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. މި ހާލަތާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިރުޝާދު ދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ