އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ހާމަކުރި ގޮތުގައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވުނު އައު އޮޕަރޭޝަން ތިއޭޓަރުގެ ބޭނުންކުރަން ފަށައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމުކުރެވިފައިވާ މި ތިއޭޓަރުގައި ނާރުގެ އޮޕަރޭޝަންތަކާއި، ހިތުގެ އޮޕަރޭޝަންތަކާއި، ބެދިފައިވާ ލޭ ހޮޅިތައް ރަނގަޅު ކުރުމުގެ ޕްރޮސީޖަރތައް ހެދޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، މި ތިއޭޓަރުގައި ފުރިހަމަ ކެތު ލެބެއްވެސް ހިމެނޭ ކަމަށާއި، މިއީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަނެއްކަން އައިޖީއެމްއެޗުން ފާހަގަކޮށްފައިވެއެވެ.
We are Excited to introduce a state-of-the-art Hybrid Operating Theatre with Cath Lab at Dharumavantha Hospital (DH11)! This advanced facility will enhance our services for neurological, cardiac, and peripheral interventional procedures, bringing world-class care to the Maldives.… pic.twitter.com/WktCd5QCB1
— IGMH (@igmhmv) October 11, 2024
ސަމާލުކަން ދޭންޖެހޭ ކަމަކީ، މި ތިއޭޓަރު ބޭނުންކުރަން ފަށާފައިވަނީ ގާތްގަނޑަކަށް ހަ އަހަރު ވަންދެން ބޭނުންނުކޮށް ހުރުމަށްފަހުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރުމަށް ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހޭދައެއް ކުރެވުނެވެ.
މިހާރު އެ ހޮސްޕިޓަލުގެ ބައެއް ފަންގިފިލާތަކުގައި އައިޖީއެމްއެޗްގެ އެކި ޑިޕާޓްމަންޓުތަކުން ޚިދުމަތް ދެމުން ގެންދެއެވެ.