ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ހަވާދެއްގައި އޫރުމަސް ހިމެނޭކަމަށްބުނެ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ހަވާދެއްގައި އޫރުމަސް ހިމެނޭކަމަށްބުނެ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

Author
ހުސައިން
11 އޮކްޓޯބަރ 2024 08:51
0

ދިވެހިރާއްޖޭގައި އާންމުކޮށް ވިއްކާ ބާވަތެއްގެ ހަވާދު އުފެއްދުމުގައި އޫރުމަސް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭތީ، އާންމުންގެ މެދުގައި އެކަމުގެ ކަންބޮޑުވުން އުފެދިފައްޖެއެވެ.

ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ މަޢުލޫމާތަކުން ދައްކާ ގޮތުގައި، "ގޯލްޑެން ކަރީ" ބްރޭންޑުގެ ހަވާދު ޕެކެޓުގެ ފަހަތުގައި ޖަޕާނު ބަހުން ލިޔެފައިވާ އިރުޝާދުތައް ތަރުޖަމާކޮށްލުމުން، އޭގައި "ޕޯކް" ނުވަތަ "އޫރުމަސް" ހިމެނޭކަން މައުލޫމާތުގައި ބުނެފައި ވެއެވެ.

މި މައްސަލަ ފާހަގަކުރި ފަރާތަކުން ބުނެފައިވަނީ، އިސްލާމް ދީނުގައި އޫރުމަސް ކެއުން މަނާވެފައިވާތީ، މިކަމާ ގުޅޭގޮތުން ކަންބޮޑުވާ ކަމަށެވެ. އަދި ޖަޕާނު ބަސް އެނގޭ ފަރާތަކުން މި މަޢުލޫމާތު ޔަގީންކޮށްދިނުމަށް އެދިފައިވެއެވެ. މި ޕޯސްޓަށް ކޮމެންޓު ކުރި ޖަޕާނު މީހަކުވެސް ވަނީ ޖަޕާނުގައި ކާބޯތަކެތީގައި އޫރުމަސް ގިނައިން ބޭނުންކުރާކަމާއި، މި ހަވާދުގައިވެސް އޫރުމަސް ހިމެނޭކަން ކަށަވަރުކޮށްދީފައެވެ.

އަޅުގަނޑަކީ މުސްލިމެއްކަމުން އޫރުމަސް ކާކަށް ބޭނުމެއް ނޫން. ގޫގުލް ޓްރާންސްލޭޓަރެއް ބޭނުންކޮށްގެން އަޅުގަނޑު ބެލީ. ޖަޕާނު ބަސް އެނގޭ މީހަކު ހުރިނަމަ މިއީ ތެދެއްތޯ ބަލާލެވިދާނެތޯ؟

ކަންބޮޑުވުން ފާޅުކުރި މީހާ ބުނެފައި ވެއެވެ އޭނާ ސުވާލުކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އޫރުމަހުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން މަނާވެފައިވާއިރު، މި ބާވަތުގެ ހަވާދު ރާއްޖެއަށް އެތެރެކުރެވުނު ގޮތާ ބެހޭގޮތުން ސުވާލު އުފެދިފައިވެއެވެ. މިމައްސަލައާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.