އަލްހާންއާއި އޭނާގެ ދެ ކޮއްކޮއިން | ފޮޓޯ: ދައުރު ނޫސް

އަލްހާންއާއި އޭނާގެ ދެ ކޮއްކޮއިން ޓެކުމުގެ 13 ދައުވާއަކަށް އިންކާރު ކޮށްފި

އަލްހާންއާއި އޭނާގެ ދެ ކޮއްކޮއިން ޓެކުމުގެ 13 ދައުވާއަކަށް އިންކާރު ކޮށްފި

ގުޅުންހުރި

އަލްހާނު ފަހުމީ އަދި އޭނާގެ ދެ ކޮއްކޮ ސަހުބާނާއި ޝަޒުބާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 13 ޓެކުމުގެ ދައުވާއަށް އެ ތިން ބޭފުޅުން މިއަދު ޝަރީއަތުގައި އިންކާރުކޮށްފިއެވެ.

މި ދައުވާތައް އުފުލާފައިވަނީ އެ އާއިލާގެ ހިއްސާ އޮންނަ 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް' ކުންފުނިން ހިންގި ކަމަށް ބުނާ ސްކީމަކާ ގުޅިގެންނެވެ. މި ސްކީމުގެ ދަށުން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދީވާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ދައުވާތަކުގެ ވާގިއާތަކާއި ސަބަބުތައް އެއްގޮތްވުމާއެކު، 13 ދައުވާގެ އިއްވުމާއި ޖަވާބުދާރީވުން އެކުގައި ކުރިއަށް ގެންދެވުނެވެ. ދިފާއީ ވަކީލުން ދައުވާ ސާފުނުވާ ކަމަށް ބުނެ ގިނަ ސުވާލުތަކެއް ކުރެއްވިއެވެ. މި ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ސްކީމް ހިންގި ފަރާތާއި، ތިން މީހުންގެ ބައިވެރިވުމުގެ މިންވަރު އަދި ކުންފުނީގެ މުއާމަލާތްތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ގުޅޭގޮތުންނެވެ.

ދައުލަތުގެ ވަކީލު ހައްވާ ނާހީ، ތިން މީހުން ކުށުގައި ބައިވެރިވި ކަމަށް ދައުލަތުން ދެކޭ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދެއްވިއެވެ. އޭގެ ތެރޭގައި އަލްހާނަކީ ސްކީމް ޕްރޮމޯޓްކުރި ފަރާތްކަމާއި، ސަހުބާނާއި ޝަޒުބާންގެ ދައުރު ހިމެނެއެވެ. ގާޒީ އިސްމާއީލް ޝަފީއު ތިން ބޭފުޅުންނަށް ވެސް ދައުވާއަށް ޖަވާބުދާރީވުމަށް އެންގެވުމާ ގުޅިގެން، ތިން ބޭފުޅުން ވެސް ދައުވާތަކަށް އިންކާރުކުރެއްވިއެވެ.

ދައުލަތުގެ ތުހުމަތުގައި، ކިންގްސްއިން 2021 އަދި 2022 ގައި ހިންގި ސްކީމުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުން އިންވެސްޓްކުރި ކަމަށް ބުނެއެވެ. މީގެ އިތުރުން، އަލްހާންގެ ސްކީމުގައި ޖެހުނު މީހުންނަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ އެކި ފަހަރު މަތިން ހުކުމްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ