ދަރަނި އަދާކުރަން އެމްޑީޕީ އާއި މޯލްޑިވިއަން އެއްބަސްވުމަކަށް

ދަރަނި އަދާކުރަން އެމްޑީޕީ އާއި މޯލްޑިވިއަން އެއްބަސްވުމަކަށް

Author
އަހުމަދު
06 އޮކްޓޯބަރ 2024 06:30
0

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަނުން އެމްޑީޕީއަށް ކޮށްދިން ދަތުރުތަކުގެ ފައިސާ ނުދައްކާ އޮތް މައްސަލައިގައި އެމްޑީޕީ އާއި މޯލްޑިވިއަނުން އެއްބަސްވުމަކަށް ގޮސް، ސިވިލް ކޯޓުގައި އޮތް މައްސަލަ މޯލްޑިވިއަނުން އަނބުރާ ނަގައިފިއެވެ.

ރިޔާސީ އިންތިހާބުގައި މޯލްޑިވިއަންގެ ފްލައިޓުތަކުގައި ކުރި ދަތުރުތަކަށް އެމްޑީޕީން 5.6 މިލިއަން ރުފިޔާ ދައްކަން އޮތެވެ. އެ ފައިސާ ހޯދުމަށް މޯލްޑިވިއަނުން އެ ޕާޓީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިދިޔަ އަހަރު މައްސަލައެއް ވެސް ހުށަހެޅިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން މޯލްޑިވިއަނާއި އެމްޑީޕީން ކޯޓުން ބޭރުގައި އެއްބަސްވުމަކަށް އައިސް ދައުވާ ފޯމު ބާތިލްކުރުމަށް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

ސެޓަލްމަންޓް އެގުރިމަންޓްގައިވާ ގޮތުގެ މަތިން ފުރަތަމަ އިންސްޓޯލްމަންޓަކަށް 1 މިލިއަން ރުފިޔާ އެމްޑީޕީން ވަނީ މޯލްޑިވިއަނަށް ވަނީ ދައްކައިފައެވެ.

އެ ދަތުރުތަކަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ކުރެއްވި ދަތުރުތަކެވެ. އެގޮތުން އެއް ދުވަހުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަތުރުތައް ވެސް ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.