އަމިން އެވެނިއުގައި ހުރި ދެ ޕެންޓަހައުސް ފުލުހުންނާ ހަވާލުކުރުމަށް އިތުރު މުއްދަތަކަށް އެދިއްޖެ

އަމިން އެވެނިއުގައި ހުރި ދެ ޕެންޓަހައުސް ފުލުހުންނާ ހަވާލުކުރުމަށް އިތުރު މުއްދަތަކަށް އެދިއްޖެ

Author
ހުސައިން
06 އޮކްޓޯބަރ 2024 05:46
0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލިފައިވާ ޚިޔާނާތުގެ ތުހުމަތާ ގުޅިގެން، އޭނާގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުރި ދެ ޕެންޓަހައުސް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އެޕާޓްމަންޓްތައް ފުލުހުންނާއި ހަވާލުކުރުމަށް އިތުރު މުއްދަތަކަށް އޭނާ އެދިއްޖެއެވެ.

ކޯޓުގެ މި އަމުރާ ގުޅިގެން، 28 ސެޕްޓެމްބަރު 2024 ގައި ފުލުހުން ވަނީ އެ ދެ ތަނާ ހަވާލުވުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މިއަދު ހަމަވާ މުއްދަތު އިތުރުކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުން ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ.

މި ސިޓީގައި، މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިހާރު ފުލުހުން ދަނީ މި ސިޓީއަށް ޖަވާބުދާރީވުމުގެ މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ އެފްއޭއެމްގެ ފައިސާއިން ބައްސާމް މި ދެ އެޕާޓްމަންޓް ގަތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.