މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އަލުން އިއުލާންކޮށްފި

މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އަލުން އިއުލާންކޮށްފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ސީއީއޯއެއް ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަނެއްކާ ވެސް އިއުލާންކޮށްފިއެވެ.

މިދިޔަ ޖުލައި މަހު ވެސް މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އިއުލާން ކުރިއެވެ. އެކަމަކު، ފަހުން އެ އިއުލާން ވަނީ ބާތިލްކޮށްފައެވެ.

މި މަގާމަށް ޝަރުތު ހަމަވާ ފަރާތެއް ނަމަ ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު 8 ވަނަ ދުވަހު 14:00 ގެ ކުރިން މަޤާމަށް އެދި ހުށަހެޅުމަށް އެދެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ޕީސީބީގެ ނަންބަރު 1617 އަށް ގުޅައިގެން ނުވަތަ އީމެއިލް[email protected] ނުވަތަ [email protected].,mv އަށް މެއިލްކުރުމުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

މީގެ ކުރިން މިފްކޯގެ ސީއީއޯއަކަށް ހުންނެވި ސަމާހު އެ މަގާމުން ވަކިކޮށްފައިވަނީ މިފްކޯއާއި ގުޅުން ހުރި މައްސަލަތަކެއް ޕީސީބީން ބަލަމުން ދަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *