މީހުގެ އަޤީދާ މިނެކިރައި ދީނުގެ އަދުއްވުން ކަޑައަޅުމަކީ ޑރ.އިޔާޒަށް އޮތް ކަމެއްނޫން ކަމަށް އެމްޑީޕީގެ އިސްސަފުގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ޝައިޚު ޑރ.މުހައްމަދު އިޔާޒު ސިފަ ކުރައްވައި ދެއްކެވި ވާހަތަކަށް އެމްީޑޕީގެ އިސްސަފުގެ ގިނަ ބޭފުޅުންނާއި، މަޖިލީހުގެ އެމްޑީޕީ މެމްބަރުން ދަނީ ރައްދު ދެއްވަމުންނެވެ. ޑރ.އިޔާޒު ވިދާޅުވެފައިވަނީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.
@MohamedNasheed akee alhugandu dhaanan fesheensure fenifaivaa gothuga Islaam dheenah ihthiraam koh dheenuge kankamah loabi kuraa namaadhukoh roadha hifaa nikamethinnah eheetheri vamundhaa beyfulheh.
— Ahmed Abdulla (@ahmedabdulla2a) December 26, 2020
އިޔާޒުގެ މިވާހަތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނާއި ގުޅޭގޮތުން ޑރ.އިޔާޒު ގޮތްތަކެއް ކަނޑައަޅުއްވައި ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.
ޑރ.އިޔާޒުގެ ބަސްފުޅުތަކުން އިސްލާމްދީނަކީ ޖަދަލުވެރި އުސޫލު ތަކެއްގެ ދީނެއްކަމަށް ފެންނަކަމީ ހިތާމައެއް. ރައީސް ނަޝީދަކީ އިސްލާމް ދީނުގެ އުސޫލުތަކުގައި ސާބިތުވެ ހުންނެވި ބޭފުޅެއް. މީހުންގެ އަޤީދާ މިނެ ކިރާ ދީނުގެ އަދުއްވުން ކަޑައަޅުމަކީ ޑރ.އިޔާޒަށް އޮތް ކަމެއްނޫން.
– ހަސަން ވިދާޅުވިއެވެ.
އިޔާޒުގެ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝީފާޒު ވިދާޅުވީ މިއީ ވަރަށް ދެރަކަމެއްކަމަށެވެ. އެއްވެސް މީހެއްގެ ދީނީ އަޤީދާއާއިމެދު ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ އިޔާޒަށްވެސް އަދި އެހެންމީހަކަށްވެސް ލިބިގެންވާ ހައްގެއް ނޫންކަމަށް ޝިފާޒު ވިދާޅުވިއެވެ.
މިއަށްވުރެއް ވަކިން ދެރަކަމެއް އޮންނާނެތޯ؟ ރައީސް ނަޝީދު ވިޔަސް، އަދި ކޮންމެ އިސްލާމެއްގެ އިސްލާމް ކަމަކީ އެމީހަކާއި، މާތް ﷲ އާއި ދެމެދު އޮންނަކަމެއް. އެއްގޮތަކަށްވެސް ޑރ.އިޔާޒު ގޮތް ނިންމަން އޮންނަ ކަމެއްނޫން. ތިހެން ހެއްދެވީމާ އިތުރުވާނީ ފިތުނައާއި ބައިބައިވުން.
– ޝިފާޒު ވިދާޅުވިއެވެ.
ޢައިރު ދީންތަކުން ފާހަގަކުރާ އެމީހުންގެ އެކި އީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ޖަމްއިއްޔާއިން ވަނީ ގޮވާލައި ބަޔާނެއްވެސް ނެރެފައެވެ. އިއްލުމުވެރިންގެ ގުޅުމުން އާއަހަރާއި ދިމާކޮށް ޢައިރު ދީންތަކުގެ މީހުން އެމީހުންގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ހަރަކާތުގައި މުސްލިމު ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ގޮވާލައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމުގައެވެ.
ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.
ކޮމެންޓު ފޮނުވާ