ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީ ދެނީ

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީ ދެނީ

ސިޔާސީ ސަބަބަކާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީގެ އިއުލާންގައިވެއެވެ.

ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އީމެއިލަށް ނުވަތަ ވައިބާ ނަންބަރު 7341637 އަށް ވަޒީފާއާގުޅޭ އެންމެހައި މައުލޫމާތު، ވީ އެންމެ އަވަހަކަށް ފޮނުވުމަށް އެމްޑީޕީން އެދެއެވެ.

ސިޔާސީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރި ނަމަވެސް އެކަން ސަރުކާރުން ދޮގުކުރެއެވެ،.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *