ދިވެހި މިނިވަންކަމުގެ ހެއްކަކީ ކާބަފައިން ދޫކޮށްފައިވާ އާސާރު: ރައީސް

ދިވެހި މިނިވަންކަމުގެ ހެއްކަކީ ކާބަފައިން ދޫކޮށްފައިވާ އާސާރު: ރައީސް

Author
އަހުމަދު
12 ސެޕްޓެމްބަރ 2024 04:53
0

ދިވެހީންގެ ފަހުރުވެރި މިނިވަންކަމުގެ ހެކިވެރިޔަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަކެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ފަހުރުވެރި ތާރީހުގެ އެންމެ ބޮޑު ހެކިވެރިއަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަ ކަމަށެވެ.

ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ މިދިޔަ އަހަރުގައެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަންފީޒުކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތުގައެވެ. މި ދުވަސް ފާހަގަ ކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައެވެ.

ފުރަތަމަ ގައުމީ ތަރިކައިގެ ދުވަހުގެ ޝިއާރަކީ "ތަރިކަ ރައްކާތެރިކުރުން، އުންމީދުގެ ހުޅުކޮޅު އަލުން ދިއްލުން" މިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރަނީ މިއަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.