އެމްޑީޕީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

Author
އަހުމަދު
02 ސެޕްޓެމްބަރ 2024 07:11
0

އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އަންހެނުންގެ ރޫހުގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީއަށް ކޮންމެ ސިޓީއަކާއި އަތޮޅަކުން މެންބަރެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ މެންބަރުންނަށެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަން އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީން ވަނީ މި ފަހުން އެ ޕާޓީގެ ޤައުމީ މަޖިލީހުގައި ހުސްވެފައިވާ މަޤާމުތަކަށް ވެސް މެންބަރުން އިންތިޚާބުކޮށްފައެވެ. މިއީ ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުން ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.