ހައި ކޯޓުން ދޫކޮށްލި އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކޮށްފި

ހައި ކޯޓުން ދޫކޮށްލި އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކޮށްފި

Author
ހުސައިން
02 ސެޕްޓެމްބަރ 2024 02:22
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން އިބްރާހިމް އިކުރާމު، ހައިކޯޓުން ދޫކޮށްލާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުން އޭނާ އަލުން ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވާކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓަރ އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އޭގެ ކުރިން އިހުސާން މިރޭ ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާ ކޯޓުން ދޫކޮށްލާން ޖެހުނީ ފުލުހުންގެ އިހުމާލުން ނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުން އިކުރާމް ދޫކޮށްލި ނަމަވެސް އައު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިހުސާން ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ، އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށާއި، ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ވިނަރެސް ފުލެޓުތައް ކައިރީގައި ހިނގި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. މިދިޔަ މަހުގެ ފަސްވަނަ ދުވަހު ހިނގި މި އެކްސިޑެންޓްގައި އެކްސިޑެންޓުވުމުން ކާރު ދުއްވަން އިން މީހާއާއި އެ ކާރުގައި ބާކީތިބި ދެމީހުންވެސް ފިލީއެވެ. އެކަމަކު ކާރުގެ ޑްރައިވަރު ހޯދާ ފުލުހުން އޭނާ ފަހުން ހައްޔަރު ކުރިއެވެ. އޭނާއާއި އެކު ކާރުގައި ދެން ތިބި ދެމީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރީ ހ. ނޫރަންމާގެއާގެ އިކްރާމްއަބްދުއްރަހުމާން، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމް އަދި ކަނޑުހުޅުދޫ، އާޒާދުގެ ޖިނާހް އިސްމާއިލްއެވެ. މީގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ އިކްރާމުއްރަހްމާން އަދި އިބްރާހީމް އިކްރާމްއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީގައެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.