ސިވިލް ކޯޓުގެ އިސް ގާޒީގެ މައްސަލަތަކެއް އޭސީސީއަށާއި ޖޭއެސްސީއަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީގެ މައްސަލަތަކެއް އޭސީސީއަށާއި ޖޭއެސްސީއަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2024 01:03
0

ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ. މި ޝަކުވާ ހުށަހެޅީ ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިދިޔަ ހަފުތާގައި ހުށަހެޅުނު މި މައްސަލައަކީ ސިވިލް ކޯޓަށް މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިސްގާޒީ އަމަލުކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރާ ޝަކުވާއެކެވެ. މި ތުހުމަތަށް ބާރުދޭ ހެކިތަކެއްވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް ބުނެވެއެވެ.

އެހެންނަމަވެސް މިކަމާ ގުޅޭގޮތުން ޖޭއެސްސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޖޭއެސްސީގެ އާންމު އުސޫލުން، ގާޒީއެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުނު ނަމަވެސް، އެކަން މީޑިއާއަށް މިހާރު އާންމެއް ނުކުރެއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދަކީ ކުރިން ސުޕްރީމް ކޯޓުންވެސް ފިޔަވަޅު އަޅާފައިވާ ގާޒީއެކެވެ. މިއީ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށް ގެންދަވައި ހުކުމް އިއްވުމާ ގުޅިގެން އެޅުނު ފިޔަވަޅެކެވެ.

އެ މައްސަލައިގައި މަރްޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ސުޕްރީމް ކޯޓުން އޭރު އަތުލާފައިވެއެވެ. މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން ފަނޑިޔާރަކާމެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.