އަންހެނެއްގެ ކަރުގައި ވަޅި ޖައްސާ ބިރުދެއްކި މީހާ ހައްޔަރު ކޮށްފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސާ ބިރުދެއްކި މީހާ ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2024 10:10
0

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދެއްކި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މާފަންނު ސަރަހައްދުގެ ގެއެއްގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ބިރުދައްކާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މިރޭވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ދިވެހި ފިރިހެނަކު އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. އެ ވީޑިއޯގައި ފެންނަ އަންހެން މީހާއަކީ ވެސް ދިވެއްސެކެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާފަންނު ސަރަހައްދުގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.