ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
29 އޮގަސްޓް 2024 09:28
0

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ސީޕްލޭން އޮޕަރޭޝަންތަކާއި، އަދި ވޯޓަރ އެއަރޮޑްރޯމްތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެކުލަވާލެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރަތްކަނޑު ސަރަޙައްދުގައިވާ އުމްލުޖް ސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު އަމީނެވެ. ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ ސާލެޙް ބިން ނާސިރު އަލް-ޖަސަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.