ދިވެހިރާއްޖޭގެ އައު ޑިވެލޮޕްމަންޓް ބޭންކުގެ އެންމެ އިސް މަޤާމުތަކަށް ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަނުކޮށްފި

ދިވެހިރާއްޖޭގެ އައު ޑިވެލޮޕްމަންޓް ބޭންކުގެ އެންމެ އިސް މަޤާމުތަކަށް ބޭރުގެ ދެ ތަޖުރިބާކާރުން އައްޔަނުކޮށްފި

ރާއްޖޭގައި އަލަށް ގާއިމުކުރެވުނު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މުހިންމު ދެ މަޤާމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އައްޔަނުކޮށްފިއެވެ. މި ބޭންކުގެ ސީއީއޯގެ މަޤާމަށް އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަނުކުރެވުނުއިރު، ޗެއާޕާސަންގެ މަޤާމަށް ސިންގަޕޫރުގެ އަރުނީ ގުނެތިލަކަ ވަނީ އައްޔަން ކޮށްފައެވެ.

ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެވުނު ނޮއެލް ޖޯންސްއަކީ މާލީ ދާއިރާގެ ތަޖުރިބާ ފުޅާ ދާއިރާއެއްގައި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރެއްވީ ސަޢޫދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ މަޤާމުގައެވެ. މީގެ ކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމަންޓް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. އޮކްސްފޯޑް ޔުނިވަރސިޓީން މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޖޯންސް ވަނީ ސްޓާލިންގ ވޯޓަފޯޑް ސެކިއުރިޓީސްގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ޗެއާޕާސަން އަރުނީ ގުނެތިލަކައަކީ މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ ސްރީލަންކާގެ ހެޓަން ނެޝަނަލް ބޭންކުގެ ޗެއާޕާސަންގެ މަޤާމުގައެވެ. މީގެ އިތުރުން އޭނާ ވަނީ ސްރީލަންކާގެ ޕީޕަލްސް ބޭންކުގެ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގ އަދި ސިންގަޕޫރުގެ ސްޓޭންޑަޑް ޗާޓަޑް ބޭންކުގައިވެސް މަސައްކަތްކުރައްވާފައެވެ.

މި ދެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ތަރައްޤީކުރުމަށާއި، ހައުސިންގ މާކެޓާއި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރާ ފަރާތްތަކުގެ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، މި ބޭންކުގެ ބޯޑަށް ތިން މެންބަރުން އައްޔަނުކުރެވިފައިވެއެވެ. އެއީ އަޙްމަދު ޢަލީ (މއ. ވޭސައިޑް 805 ފްލެޓް)، ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނައިދު (ސިންގަޕޫރު)، އަދި ރޮބަޓް ޑެނިއެލް ކާންޓް (ޔުނައިޓެޑް ކިންގްޑަމް) އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ރަސްމީކޮށް އުފެދިފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *