ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއާއި ޗެއަރމަންއަކީ ދުނިޔޭގެ ފެންވަރު ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން: ރައީސް

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއާއި ޗެއަރމަންއަކީ ދުނިޔޭގެ ފެންވަރު ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން: ރައީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން އަދި ސީއީއޯއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އުފެއްދެވީ މޭ 16 ގައެވެ. ބޭންކު ހިންގުމުގެ ލައިސަންސަށް އެދިފައިވަނީ ޖުލައި މަހުއެވެ.

ރައީސް މިއަދުވަނީ ބޭންކުގެ ސީއީއޯ އަދި ޗެއާމަންގެ މަޤާމަށް އައްޔަނުކުރެއްވި ބޭފުޅުންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައެވެ. ބައްދަލުވުމުގެ ކުރިން ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ:

"މިއީ ވަރަށް ތާރީޚީ ކަމެއް. ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ތަފާތު ދާއިރާތަކަށް އިޤްތިޞާދު ބައްޓަންކޮށް، ކުރިއަރުވައި ގެންދިއުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ވަޢުދަކީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ޤާއިމްކުރުން."

ރައީސް ވިދާޅުވީ ބޭންކު ޤާއިމްކުރެވުމުން، ރިސޯޓު ތަރައްޤީކުރާ ފަރާތްތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފަދަ އެކި ދާއިރާތަކުން އިންވެސްޓްކުރާ ފަރާތްތަކުގެ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.

އަލަށް އުފައްދާ ބޭންކުގެ ސީއީއޯ އަދި ޗެއާމަނަކީ ކޮން ބޭފުޅުންކަން ރައީސް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޯޑަށް ތިން ބޭފުޅަކު އައްޔަނުކުރައްވާފައިވެއެވެ. އެއީ:

1. އަޙްމަދު ޢަލީ (މީރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ)
2. ރޮބަޓް ޑެނިއަލް ކާންޓް (އިނގިރޭސިވިލާތް)
3. ސައީދު ޢަބްދުއްނާޞިރު ބިން ސައީދު ޙަސަން އަލް ޖުނައިދު (ސިންގަޕޫރު)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *