ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ 200 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ

ގދ. ތިނަދޫގައި އިމާރާތްކުރަމުންދާ 200 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ

Author
ޙަސަން މުޙައްމަދު
25 އޮގަސްޓް 2024 11:47
0

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް އިޢުލާންކޮށްފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިޢުލާނުގައި ބުނެފައިވަނީ، ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ތިނަދޫ ރައްޔިތުންނާއި އެ ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް މި 200 ފްލެޓް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ޢާންމުކޮށްފައެއް ނުވެއެވެ.

ފްލެޓަށް އެދޭ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހުވަދު އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ތިނަދޫގައި މި 200 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗަރ (ޖޭވީ) އާއެވެ. މި މަޝްރޫޢުގެ އަގަކީ 253 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ބޮޑުމިނަކީ 700 އަކަފޫޓެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި، ސިޓިންގރޫމް، ފާޚާނާ، ބަދިގެ، ކާގެ، ލޯންޑްރީ އޭރިއާ އަދި ސްޓޯރޫމެއް ހިމެނޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.