އިސްމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރާއްޖެއަށް ވަޑައިގަންނަވާފައިވާ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކައުންސިލް މެމްބަރު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ކުރެއްވި މި ޒިޔާރަތުގައި ޤައުމީ ޔުނިވާސިޓީގެ ބައެެއް އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ، ޔުނިވާސިޓީގެ ކަންކަން ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.