ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

Author
ހުސައިން
21 އޮގަސްޓް 2024 12:40
0

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރެވުނު ހަތް މީހުންގެ މައްޗަށް ދަޢުވާކުރުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. ނަމަވެސް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮން ބަޔަކަށްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މި މީހުން މިހާރު ތިބީ ފުލުހުންގެ ބަންދުގައިކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝަމީމަށް ހަމަލާ ދިނީ މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ފަތިހު، އޭނާ ކަސްރަތަށް ނިކުތް ވަގުތުގައި މަރުތޭލަކުންނެވެ. މި ހާދިސާގައި އޭނާގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.