ޒިންމާ އުފުލަން ތިއްބެވި ބޭފުޅުންރެކެނީ، ހައްލުހޯދަދޭނެ ފަރާތެއްނެތް!

ޒިންމާ އުފުލަން ތިއްބެވި ބޭފުޅުންރެކެނީ، ހައްލުހޯދަދޭނެ ފަރާތެއްނެތް!

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2020 10:16
0

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މިހާރު މަސް ގަންނަމުން އަންނަ އަގުން މަސްވެރިއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 22،000 ރުފިޔާ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ މަސްވެރިން އެކަމާއި ނުރުހުން ފާޅުކޮށް، ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މިނިސްޓަރގެ ވާހަކަ މިމޭރުމުން ހުރިއިރު، މިފްކޯގެ މެނޭޖިގް ޑިރެކްޓަރ ފައުޒީއަށް ގޯސްވީ ކުރީ ސަރުކާރެވެ. މަސްވެރިން މިއަދު ކުރަމުންދާ ޑިމާޑްތަކާއި ދައްކާ ވާހަތަކަށް ޖަވާބުދާރީވެ، ވާހަކަ ދައްކާނެ މީހެއް މިއަދު ނެތެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިން ހަމަ އަގު ހޯދުމަށާއި، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި މުޒާހަރާ ކުރަމުންދާ މި ދަނޑިވަޅުގައި މަސްވެރިންގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި ވަޒީރު މި ޖެއްސެވި ހިސާބަކީ މަސްވެރިންނަށް ކުރެއްވި މަލާމާތެއްކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ. ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ރައްޔިތުން އާމްދަނީ ހޯދަން ކުރާ އެއްމަސައްކަތަކީ މަސްވެރިކަމަށްވާއިރު، ގިނަ އާއިލާތަކެއްގެ ދިރިއުޅުން ބަރޯސާވެފައިވަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށެވެ.

މަސްވެރިންގެ ދުވަހުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިން މަހަށް ނުގޮސް ކަނޑުމަތީގައި އިހުތިޖާޖު ކޮށްފައިވާއިރު، މިހަފްތާގައި ދޮށީގެ މަސްވެރިކަން ކުރާ ގިން މަސްވެރިންތަކެއްވަނީ މަހަށް ނުގޮސް ފެލިވަރުގައި އިހުތިޖާޖުކޮށްފައެވެ. މި ދެ އިހުތިޖާޖަކީވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި، ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ ކޮށްފައިވާ އިހުތިޖާޖުތަކެއްކަމަށް މި ކަން އިންތިޒާމު ކުރެއްވި ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

މަސްވެރިން ހަމަ އަގު ހޯދުމަށް ކުރި އިހުތިޖާޖު ތަކަށްފަހު، މިނިސްޓަރ ޒަހާއާއި، މިފްކޯގެ އެމްޑީދަނީ އެކި މީޑިޔާތަކުގައި މަސްވެރިންގެ ހައްގުގައި އަޑަށް ބާރުލާފައި ވަރަށް ގިނަ ވާހަތަކެއް ދައްކަމުންނެވެ. މިނިސްޓަރ ޒަހާ ވިދާޅުވަނީ މަސްވެރިންނަށް މިހާރު ގެއަށް ގެންދަން މަހަކު22،000 ރުފިޔާ ލިބޭނެކަމަށެވެ. ނަމަވެސް މަސްވެރިން ބުނަމުންދަނީ އެއަދަދަށް ލާރިލިބޭ މަސްވެރިޔަކާއި ރާއްޖެއިން ދިމާނުވާކަމަށެވެ. މިފްކޯގެ އެމްޑީ ވިދާޅުވެފައިވަނީ މިފްކޯގައި މަސްވެެރިންނަށް މިވަގުތު ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަމަށާއި، ކުރީގެ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ އުތުރުގެ މަސްވެރިން މިއަދު ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުކުރަން ނެޖެހޭނެ ކަމަށެވެ.

މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެންމެ މަތީ ޒިންމާ އުފުލަން ތިއްބެވި ބޭފުޅުން މިއަދު ޒިންމާތަކުން ރެކި ފެނިގެންދަނީ ހުރިހާ ކަމެއް ކޯވިޑާއި، ނޫނީ، ކުރީ ސަރުކާރާއިއަޅުވާ މަތިޖަހަން މަސައްކަތް ކުރާތަނެވެ. މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ފާޅުުރައްވަމުންދާ މި ދަނޑިވަޅުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ބަހެއް ލިބޭތޯ މަސްވެރިން ތިބީ ކެތް މަދުވެފައެވެ. ނަމަވެސް މަސްވެރިންގެ މި އުންމީދުޔަކަށް އަދި ޖަވާބެއް ނުލިބެއެވެ. ބައެއް މަސްވެރިން ވިދާޅުވާ ގޮތަށް ރައީސާއި ހަމަޔަށް އަދި މިއަޑުތައް ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.