ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ ގޯތި ވާރިޘުންގެ ނަމުގައި ރަޖިސްޓްރީކުރެވިދާނެ: މިނިސްޓްރީ

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ފަރާތެއް ނިޔާވެއްޖެނަމަ ގޯތި ވާރިޘުންގެ ނަމުގައި ރަޖިސްޓްރީކުރެވިދާނެ: މިނިސްޓްރީ

Author
ހުސައިން
13 އޮގަސްޓް 2024 12:07
0

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ ގޮތަށް ހޮވިފައިވާ ފަރާތެއް ނިޔާވެއްޖެނަމަ، އެ ގޯތި އެފަރާތުގެ ވާރިޘުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިޔާވި ފަރާތުގެ ވާރިޘުން، އެމީހުންނަކީ ވާރިޘުން ކަން ސާބިތުކޮށްދޭ ކޯޓު ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ލިޔެކިޔުންތައް މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، ގޯއްޗާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޖުމުލަ 1,408 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ދޫކުރެވިފައިވަނީ 465 ގޯއްޗެވެ. އަދި މި އަހަރު މިހާތަނަށް ދޫކުރެވިފައިވަނީ 159 ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ޝަރުޠުތައް ފުރިހަމަވާ 19,631 ފަރާތަކުން ވަނީ ގޯއްޗަށް އެދި ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.