އެންސްޕާއިން ސޯޝަލް ރަޖިސްޓްރީއެއް ޤާއިމުކުރަނީ

އެންސްޕާއިން ސޯޝަލް ރަޖިސްޓްރީއެއް ޤާއިމުކުރަނީ

އެންސްޕާއިން ސޯޝަލް ރަޖިސްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެކުންފުނީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މި މިއީ ގޭބިސީތަކުގެ މަޢުލޫމާތާއި އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، މި ނިޒާމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ނިޒާމަށް ބަރޯސާވާނެ ކަމަށެވެ.

އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ އާސަންދަ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، މިއަންނަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބޭނީ އިތުރު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް، އެ އިންޝުއަރެންސް ބޭނުންކުރުމަށްފަހުގައި ކަމުގައި ކަމުގައެވެ.

އަދި މި ބަދަލާއެކު ޑަބަލް އިންޝުއަރެންސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ފާހަގަ ކުރައްވަމުން ހީނާ ވިދާޅުވީ މިބަދަލާއެކު އާސަންދައިގެ ބަދަލުގައި ފުރަތަމަ ބޭނުންކުރާނީ އެހެނިހެން އިންޝުއަރެންސްތައް ކަމަށެވެ.

ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން، އެ އަށް ގެންނަ އިސްލާހުތަކާ އެކީގައި.

ހީނާ ވިދާޅުވި އެވެ.

ހީނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ ހެޔޮ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ވެލްފެއަރ ޕޮލިސީއާއި އާސަންދަ ޕޮލިސީއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސް އެންސްޕާއިން މިހާރުދަނީ ކުރަމުންނެވެ. އަދި، އޭގެ ޑްރާފްޓްތައް އެކުލަވާލައި އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އާސަންދައަށް 918 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި، މިއީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ގާތްގަނޑަކަށް 50 އިންސައްތަ ކަމަށް ބަޔާންކޮށްފައިވެއެވެ. އާސަންދައަށް މި އަހަރު 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *