މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރުގެ ރެޖިސްޓްރޭޝަނާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ދިރާސާއެއް ކުރަނީ

މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރުގެ ރެޖިސްޓްރޭޝަނާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ދިރާސާއެއް ކުރަނީ

Author
ހުސައިން
11 އޮގަސްޓް 2024 09:31
0

މާލެ ސިޓީގައި އެއްގަމު އުޅަނދުފަހަރު ރެޖިސްޓްރީ ކުރެވޭނެ އަދަދާއި، އެ އުޅަނދުތައް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި އެސެސްމަންޓްތައް ހެދުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތަކުގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ސަބަބުން ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމެވެ. މީގެ ތެރޭގައި މާލޭގައި ރަޖިސްޓަރީ ކުރެވޭނެ އުޅަނދުފަހަރުގެ އަދަދު ކަނޑައެޅުމާއި، އުޅަނދުފަހަރު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ހިމެނެއެވެ.

މި އެއްބަސްވުމުގެ މުއްދަަތަކީ 120 ދުވަސް

މި ދިރާސާ ނިންމުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެވިފައިވާއިރު، އެއްބަސްވުމުގެ އަގަކީ 625،700 ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.