އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމު ކޮށްފިއެވެ.
ވީޑިއޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމުގައެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓަށްފަހު، ހެލްމެޓް އެޅި ދެމީހަކު ހިނގާފައި އެސަރައްދު ދޫކޮށް ދާ މަންޒަރެވެ. އޭގެ ތެރެއިން އެކަކު ހިނގާފައި ދާތަން ފެންނަނީ ބެކްޕެކް ދަބަހެއް އަޅުވާލައިގެންނެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރުމަށް އެދޭ ކަމުގަވެ.
ކޮމެންޓު ފޮނުވާ