މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަގުފަހިވާ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވއަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ހަފުލާ ފުވައްމުލަކު ސިޓީގައި ބާއްވައިފިއެވެ.

ރޭ ފުވައްމުލަކު ސްކޫލުގައި ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުލް ލަތީފް މުޙައްމަދު، ފުވައްމުލަކު ސިޓީ މޭޔަރު އިސްމާޢިލް ރަފީޢު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން، ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުވައްޒަފުންނާއި ފުވައްމުލަކު ސިޓީ ފުލުހުންގެ އިތުރުން ޝީޝާ ހޮންޑާ މޯލްޑިވްސް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސް ބޭފުޅުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ހަފުލާގައި، ވޭތުވެދިޔަ 10 އަހަރު ރައްކާ ރޯޑް ޝޯވ ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައިވެއެވެ.
އޭގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމަށް، ސްކޫލު ދަރިވަރުންގެ އައިޓަމެއް ހުށަހަޅާފައިވެއެވެ. އަދި ވޭތުވެދިޔަ 10 އަހަރު ރައްކާ ރޯޑް ޝޯވ ކުރިއަށް ގެންދިޔަގޮތް ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ހުށަހަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ