ހުޅުމާލޭގެ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގެ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
ހުސައިން
11 އޮގަސްޓް 2024 11:37
0

ހުޅުމާލޭގައި ހުންނަ މަޝްހޫރު ކެފޭއެއް ކަމަށްވާ މެލްޓްޒްގައި އާދީއްތަ ދުވަހުގެ ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ތަރުޖަމާނު ވިދާޅުވިގޮތުގައި، ހުޅުމާލެ ފޭސް 1 ގެ ނިރޯޅުމަގު 6 ގައި ހުންނަ މެލްޓްޒްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަލިފާން ނިއްވުމަށް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ އަލިފާން ނިއްވާ ފަރަކާތްތެރި ވެފައިވާ ކަމުގައެވެ.

ފަހުން އެމްއެންޑީއެފްގެ ތަރުޖަމާނު ހާމަކޮށްފައިވާ ގޮތުގައި އަލިފާން ވަނީ ނިއްވާލެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަލިފާން ރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.