ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް، ސަރުކާރުން މަގުތައް ހަދަނީ ރޭސް ޖަހާކަށް ނޫން: ސީޕީ

ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް، ސަރުކާރުން މަގުތައް ހަދަނީ ރޭސް ޖަހާކަށް ނޫން: ސީޕީ

ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް، ސަރުކާރުން މަގުތައް ހަދަނީ ރޭސް ޖަހާކަށް ނޫން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ފުވައްމުލަކު ސްކޫލުގައި ބޭއްވުނު ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100 ވަނަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވި ގޮތުގައި ސްކޫލް ކުދިންނަށް ޓްރެފިކް މޮނިޓަރުންގެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުމެވެ. މި ކުދިން ބޮޑުވުމުން، ޕޮލިހުން ނެތް ހާލަތުގައިވެސް ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާނެކަމަށް އުންމީދުކުރެވޭ ކަމަށާއި، މީގެ ސަބަބުން އެކްސިޑެންޓްތަކާއި އަނިޔާވާ މީހުންގެ އަދަދު މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރަނީ މަގު ބޭނުންކުރާ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. "އެއްގޮތަކަށްވެސް މަގުތަކުގައި ރޭސް ޖަހާކަށް ނޫން،" އޭނާ ވިދާޅުވިއެވެ.

ބަލައިނުލައި ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަކީ މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް މުހިންމު ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅޭ ކަމަށާއި، އުޅަނދުތައް ޓޯކުރެވި، އެކްސިޑެންޓްތަކުގެ މައްސަލަތައް ބަލައި، ގެއްލުމުގެ ބަދަލު ހޯދައިދެވޭ ނަމަވެސް، އެކްސިޑެންޓުގައި މަރުވާ މީހާ އަނބުރާ ގެނެވޭނެ ގޮތެއް ނޯންނާނެކަން އޭނާ ހާމަކުރެއްވިއެވެ.

ބޮޑެތި އަނިޔާތައްވާ މީހުން ނުކުޅެދުންތެރިކަމާއެކު އުމުރުގެ ބާކީ ބައި ހޭދަކުރަންޖެހިފައިވާއިރު، އެ ފަރާތްތަކުގެ ޢާއިލާތައް ތަޙައްމަލުކުރަމުންދާ ވޭނަށް ލުޔެއް ހޯދައެއް ނުދެވޭ.

ބާރު ސްޕީޑުގައި ދުއްވި ރޭސް ޖަހާ ކާރެއް އެކްސިޑެންޓް ވެގެން ދާދިފަހުން ހިނގި އެކްސިޑެންޓަކަށް އިޝާރާތް ކުރައްވަމުން ސީޕީ ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *