ބުރިޖް މަޝްރޫއު ކުރިޔަށްދާ ގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

ބުރިޖް މަޝްރޫއު ކުރިޔަށްދާ ގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

Author
ޙަސަން މުޙައްމަދު
10 އޮގަސްޓް 2024 08:45
0

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވާފިއެވެ.

މަޝްރޫއު ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށްފަހު ޖައިޝަންކަރު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބި، އަދި މާލޭ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ލުއިފަސޭހަކަން ލިބިގެންދާނެ ކަމުގައެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫޢަކީ 7 ބިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުގެ ފައިސާ ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އަދި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކުންފުނިންނެވެ.

މި ވަގުތު ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢު ފުރިހަމަވުމުން، މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.