އެމްއެމްއޭއިން 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ: އެމްޑީއެއްގެ މުސާރައަށް މަހަކު 50,000 ރުފިޔާ

އެމްއެމްއޭއިން 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ: އެމްޑީއެއްގެ މުސާރައަށް މަހަކު 50,000 ރުފިޔާ

Author
ހުސައިން
09 އޮގަސްޓް 2024 11:46
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ އިދާރާގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން 5 މެނޭޖިންގ ޑިރެކްޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ. މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ، ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލާއެކު، ކުރިން ހުރި އެސިސްޓެންޓް ގަވަރުނަރުގެ މަޤާމު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށްފައިވެއެވެ. އަދި މިހާރު ތިބި އެސިސްޓެންޓް ގަވަރުނަރުންގެ މަޤާމު އެޑްވައިޒަރުންގެ މަޤާމަށް ޕްރޮމޯޓްކޮށްފައިވެއެވެ.

މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ އަންނަނިވި ދާއިރާތަކަށެވެ:
1. މަނިޓަރީ ޕޮލިސީ ރިސަރޗް އެންޑް ސްޓެޓިސްޓިކްސް
2. ފައިނޭންޝަލް ސްޓެބިލިޓީ
3. ބޭންކިންގ އޮޕަރޭޝަންސް
4. ކޯޕަރޭޓް ސަރވިސް
5. ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި:
– އެމްއެމްއޭގައި ނުވަތަ ފައިނޭންސް ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ
– ފައިނޭންސް ނުވަތަ ވިޔަފާރީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ އަދި މާސްޓަރސް ޑިގްރީ
– ހިންގުމުގެ ދާއިރާގެ މަޤާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ

މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 22 ވަނަ ދުވަހެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި 50,000 އާއި 55,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މިއީ 5 އަހަރުގެ މުއްދަތަށް ޢައްޔަންކުރާ މަޤާމުތަކެއް ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ. މި މަޤާމުތަކަށް އެމްއެމްއޭގެ މުވައްޒަފުންގެ އިތުރުން އާންމު ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.