ފެންވަރަމުން ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ފެންވަރަމުން ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2024 04:43
0

ފެންވަރަމުން ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކަށް 7 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން އިއްވި ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އަޙްމަދު ނަބީލް ނަމަކަށް ކިޔާ މީހަކު، މިދިޔަ އޯގަސްޓު މަހު އަޙްމަދު ވިޝާމް ނަމަކަށް ކިޔާ މީހަކު ފެންވަރަމުން ހުއްޓާ ގަދަކަމުން ނެރެ، އޭނާގެ ނިތްކުރިއާއި ވާތްފަރާތު ކޮނޑާއި ބުރަކަށްޓަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވެއެވެ.

މި މައްސަލައިގައި ނަބީލްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ކޯޓުގެ ހުކުމުގެ ޚުލާޞާގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަމަލާ ދިނުމަށްފަހު ނަބީލް އެތަނުން ފިލައިގެން ދިޔުމުން، ވިޝާމް އެހީއަށް އެދެމުން އައިސް ފުލުހުންނާ ބައްދަލުވެ، އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވެއެވެ.

ނަބީލް މި ކުށަށް އިންކާރުކުރި ނަމަވެސް، ސިއްރު ހެކިބަހަކާއި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ބިނާކޮށް، އޭނާ އެ ޢަމަލު ހިންގި ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މިގޮތުން، އިއްޔެ ކްރިމިނަލް ކޯޓުން ނަބީލްގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. ނަމަވެސް، މި މުއްދަތު ގުނާނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ހޭދަކުރި ދުވަސްތަކާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.