ހުޅުމާލެ ފޭސް 1 އިންވެސްޓިގޭނުން ތަހުގީގު ކުރަމުންދާ، މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މީހަކު ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކުރި މީހާގެ ވަނަވަރު: މުޙައްމަދު ޝާކިރު، ގއ. ދާންދޫ / ހިތަށްފިނިވާގެ (48އ)
އައިޑީ ކާޑު ނަންބަރު: A012302
ފުލުހުން އަންގާފައިވަނީ އޭނާ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް 2024 އޮގަސްޓް 15 ވަނަ ދުވަހުގެ 13:00 އަށް ހާޒިރު ވުމަށެވެ.
ކޮމެންޓު ފޮނުވާ