މާލޭސިޓީގައި ބޭނުން ނުކޮށް ބާވެ ގިނަ ދުވަސް ވެފައިވާ ޢިމާރާތްތައް ތަޅައިލުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ސިޓީސް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ކަމާ ގުޅޭ މުއައްސަސާ ތަކާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާގައި ބައިވެރިވެލެއްވީ ސިޓީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މާލޭ ސިޓީކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިތުރުން އެމްޓީސީސީއާއި، ރޯޑް ކޯޕަރޭޝަނާއި އަދި ވެމްކޯގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި މާލޭގައި ވަރަށް ބޮޑަށް ބާވެފައިވާ 4 ބުރީގެ ޢިމާރާތަކާއި 6 ބުރީގެ ޢިމާރާތެއް ވަރަށް އަވަހަށް ތަޅައިލުމަށް އެހީތެރިވުމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވި މުއައްސަސާތަކުގެ ކިބައިން ވަނީ އެދިފައެވެ. އަދި އެ ފަދަ ޢިމާރާތްތަކަކީ ވަރަށް ގިނަ ބަޔަކު އުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތްތަކެއް ކަމަށް ވުމާއެކު ނުރައްކާތެރި ޙާދިސާއެއް ދިމާވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއަޅުއްވަން ޖެހޭ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.