ވިއްސާރަ ވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ވިއްސާރަ ވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

Author
ހުސައިން
07 އޮގަސްޓް 2024 01:10
0

މޫސުމާބެހޭ ޤައުމީ މަރުކަޒުން މިއަދު ބޮޑު ސަރަހައްދަކަށް ހުދު ސަމާލުގެ އިންޒާރު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް، މިއަދު މެންދުރު 1:15 އިން ރޭގަނޑު 7:00 އާ ހަމައަށެވެ.

މި މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކަށް 45 މޭލަށް އަރާފާނެ ކަމަށްވެސް ބެލެވެއެވެ.

ކަނޑު ގަދަވެދާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާމެދު ރައްޔިތުން ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މިފަދަ ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް މުސާމައި ގުޅޭ އިދާރާއިން އިލްތިމާސް ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.