އަލިފާން ރޯވުމުގެ ހާދިސާއެއް، ގދ. ތިނަދޫ ސިޓީގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގައިފި

އަލިފާން ރޯވުމުގެ ހާދިސާއެއް، ގދ. ތިނަދޫ ސިޓީގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގައިފި

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2024 05:39
0

ގދ. ތިނަދޫ ސިޓީގެ މިއުޒިއަމް ޕާކް ކައިރީގައި ހުރި ގެއެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މެންދުރުފަހު 14:39 ގައެވެ.

ހާދިސާގެ ޚަބަރު ލިބުމާއެކު، ސިފައިން ވަގުތުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އެމްއެންޑީއެފްގެ މަޢުލޫމާތުގައިވާ ގޮތުން، އަލިފާން މުޅިން ނިއްވާލެވިފައިވަނީ 15:00 ހާއިރުއެވެ.

މި ހާދިސާ ހިނގި ގެއަކީ ބިދޭސީން ދިރިއުޅެމުންދިޔަ ގެއެކެވެ. އަލިފާނުގެ ހާދިސާގައި އެއް މީހެއްގެ ފަޔަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.