ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

Author
ހުސައިން
05 އޮގަސްޓް 2024 10:48
0

ޓްރާންސްޕޯޓް މިނިސްޓްރީން، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ޚިދުމަތުގެ ދަށުން ދެ މައިގަނޑު މަސައްކަތެއް ކުރަން ޖެހޭނެއެވެ. އެއީ:

1. ސަރުކާރުގެ އެމަޖެންސީ މެޑިކަލް ޚިދުމަތުގެ ތެރެއިން ބަލިމީހުން އުފުލުން
2. ޓޫރިސްޓް ރިސޯޓްތަކަށް ފަތުރުވެރިން އުފުލުން

މި ޚިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް 10 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންވާނެ ކަމަށް އިނގިރޭސި ބަހުން ކުރެވުނު އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.