ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

Author
ހުސައިން
04 އޮގަސްޓް 2024 06:04
0

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރައިން ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެގޮތުން އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ޖިރޭގެ 22:00 ގެ ނިޔަލަށެވެ.

އެއިދާރާއިން ބުނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މާދާމާ ހެނދުނުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށްވެސް އެދިފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.