އެމްއެމްއޭއަކީ މިނިވަން މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރާންޖެގޭ ދައުލަތުގެ ސެނެްޓްރަލް ބޭންކު

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަގާމަށް ދެ ބޭފުޅެެއްގެ ނަން ލިބިއްޖެ: ސައީދު

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަގާމަށް ދެ ބޭފުޅެެއްގެ ނަން ލިބިއްޖެ: ސައީދު

ގުޅުންހުރި

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އުފައްދާ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯގެ މަގާމަށް ދެ ބޭފުޅެެއްގެ ނަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިކަން ހާމަކޮށްފައިވަނި މޯލްޑިވްސް އެކައުންޓެންޓް ފޯރަމް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދާދި އަވަހަށް އެ ބޭންކަށް ލައިސެންސް ލިބިގެންދާނެކަމަށާއި، ޑިވެލޮޕްމެންޓް ބޭންކުގެ ގަވަނިންގް ބޯޑު އެކުލަވާލުމުގައި ސަރަހައްދުން ލިބޭނެ އެންމެ ފެންވަރު ރަނގަޅު ބޭފުޅުން ހިމަނާފައިވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ މާލީ ދައިރާގެ ތަޖުރިބާކާރުން ބޯޑުގައި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން އެނައުންސްކޮށްގެން ބޭރުގެ ރެކްރޫޓްމެންޓް އޭޖެންސީއެއް މެދުވެރިކޮށް ސީއީއޯގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ވަނީ ލިބިފައި.

ވަޒީރު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ބޭންކު އުފައްދަން ބޭނުންވާ ކުންފުނި ރެޖިސްޓަރކޮށް ނިމިފައިވާކަމަށާއި، ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށެވެ.

ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ ލައިސެންސް ހޯދަން ސަރުކާރުން ހުށަހަޅާފައިވަނީ ފާއިތުވި ޖުލައިމަހުގެ 28 ވަނަ ދުވަހުއެވެ.

މާލީ އިދާރާތައް އުފެއްދުމުގެ ހުއްދަ ލިބިގެން ދާނީ އެމްއެމްއޭއިން އެކަމަށް ލައިސެންސް ދޫކުރުމުންނެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ މުހިންމު ދެ ޚިދުމަތެއް ކަމުގައިވާ ބަންކަރިންގެ ޚިދުމަތާއި އަދި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް މި ޖުލައިމަހުގެ ތެރޭގައި ފެށިގެންދާނެ ކަމުގައި އިކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ އެބޭންކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސިންވެސްޓަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބެގެންދާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މަޝްރޫޢުތައް ހިންގުމަށް ބޭނުންފާ ފައިސާ ކުޑަ އިންޓެރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބުމުގެ މަގު ފަހިވެގެން ދާނެކަމުގައެވެ.

މީގެ ކުރިން ރައީސް ވަނީ ޑިވޮލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއް އުފައްދަވާފައެވެ. އެއީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ