މީޑިއާ ކައުންސިލަށް އިންތިޚާބުވި 2 މެމްބަރުން ޔޫތު މިނިސްޓަރާއެކު

މޯލްޑިވްސް މީޑިއާ ކައުންސިލަށް 2 މެމްބަރަކު އިންތިޚާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް 2 މެމްބަރަކު އިންތިޚާބު ކޮށްފި

ގުޅުންހުރި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ދެ މެމްބަރަކު މިއަދު އިންތިހާބުކޮށްފި އެވެ.

އެ ކައުންސިލުގެ އާންމު ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން އިންތިހާބުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި އިންތިހާބު ކާމިޔާބު ކުރީ އާމިނަތު ޒިހާނާ އާއި އައިޝަތު ހަސަނެވެ.

އެ ދެ މީހުންނަށް ވެސް ލިބުނީ 32 ވޯޓެވެ. އިންތިހާބުގައި ޖުމްލަ ހަ ކެނޑިޑޭޓަކު ވާދަކުރި އިރު ޒިހާނާ އާއި އައިޝަތު ފިޔަވައި އެެހެން ކެންޑިޑޭޓަކަށް ވޯޓެއް ނުލިބެ އެވެ.

މި އިންތިހާބުގައި ވޯޓްލާން 50 މީޑިއާއަކުން ރަޖިސްޓްރީ ކުރި އެވެ.

އެމްއެމްސީގެ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ