ކުރީގެ ރައީސް ޔާމިން މިސަރުކާރާ ދުރަށް ދާންޖެހުނީ އެމަނިކުފާނުގެ ހުރި ބޮޑާ ކަމާއި ކިބުރުވެރި ކަމުން ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ފުނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިސަރުކާރު އެމަނިކުފާނު ދުރަށް ދާން ޖެހުނީ މިސަރުކާރުން ހަދަމުންދާ ގޯސްތަކަށް ކެތް ނުވެގެންކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަބުދުއްރަހީމް ކުރެވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމިން މިސަރުކާރާ ދުރަށް ވަޑައިގަންނަވަން ޖެހުނޫ އެހެން ބޭފުޅަކު ވެރިކަން ކުރައްވާތަން ބަލަށް ލަގޮނޑިއަށް ކެތް ނުވެގެން ކަމުގައެވެ.
ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ.ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުންތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން.
ފަހަކަށް އައިސް ޕީއެންސީންނާއި ޕީއެންއެފްއިން ބާއްވަމުންދާ ޖަލްސާތަކުގައި އެއްޕާޓީ އަނެއް ޕާޓީއަށް ދަނީ ސިޔާސީ ގޮތުންނާއި އަދި ޒާތީގޮތުންވެސް ލީޑަރޝިޕްގެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެމުންނެވެ.