ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރަނީ

ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރަނީ

Author
ހުސައިން
03 އޮގަސްޓް 2024 10:14
0

މަސްވެރި ވުޒާރާއިން ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް ޚާއްސަ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މި ލޯނު ސްކީމަކީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ ލޯނެއް ކަމަށާއި، ވަރަށް ލުއި ގޮތަކަށް މަސްވެރިންނަށް މި ލޯނު ދިނުމަށް މަސްވެރި ވުޒާރާއިން ވަނީ ނިންމާފައި ކަމަށް އެ މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިން ޒަމާނީ ވަސީލަތްތައް ބޭނުން ކުރުމަށް މަސްވެރި ވުޒާރާއިން ބާރުއަޅާ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، ކަނޑުމަހާއި ކަންނެލި މަސްވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެން މަސްވެރިންނަށްވެސް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ކަމަށް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަހުގެ ކޮލިޓީ ދެމެހެއްޓުމަށް ދޯނިތަކުގައި އާރްއެސްޑަބްލިއު އެޅުމަށް މި ޚާއްސަ ލޯން ސްކީމް ތައާރަފްކުރާ ކަމަށާއި، މަސްވެރި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދީ ކަނޑުމަތީގައި މަސްވެރިން ހޭދަކުރާ ވަގުތު މަދުކޮށް އެފިޝެންޓްކޮށް މަސްވެރިކަން ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް މިހާރުވެސް މަސްވެރި ވުޒާރާއާއި ޖައިކާ ގުޅިގެން މަސްވެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޑައިރެކްޓަރ އަޙްމަދު ޝިފާޒް މައުލޫމާތު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.