"ވޭދާ" މި މަހު 15 ގައި

"ވޭދާ" މި މަހު 15 ގައި

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2024 01:03
0

ކުރިއަށް އޮތް ޖޯން އަބްރަހަމްގެ އެކްޝަން ފިލްމް މި މަހުގެ 15 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާކަމަށް އިއުލާން ކޮށްފިއެވެ.

މި ފިލްމަކީ އަނެއްކާ ވެސް އޭނަގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ ފިލްމެކެވެ. ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ "ވޭދާ" ގެ ޓްރެއިލާ އިން މިއީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެކަމުގެ ފިލްމެއްކަމުގެ ކުލަވަރު ގެނެސްދީފައިވެ އެވެ.

މި ފިލްމުގެ ކާސްޓްގައި ޖޫން މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ބަތަލާ ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ. "ވޭދާ" ގައި އަރަމުން އަންނަ ޒުވާން ބަތަލާ ފެންނާނީ ވަރަށް ޑިގްލެމަރަސް ރޯލަކުންނެވެ. މީގެ މުހިންމު ރޯލަކުން ތަމަންނާ ބާޓީއާ ވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Sharvari 🐯 (@sharvari)

 

ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ ޝާހްރުކް ޚާންގެ "ޕަތާން" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.