ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް އަންހެނަކު ކުޅުދުއްފުށީން ހައްޔަރުކޮށްފި

ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް އަންހެނަކު ކުޅުދުއްފުށީން ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
02 އޮގަސްޓް 2024 09:43
0

ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް އަންހެނަކު ކުޅުދުއްފުށީން ހައްޔަރުކޮށްފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ވަނީ އެރަށު މަގުމަތީގައި ހުރި އަންހެނެއްގެ ޓީޝާޓުގައި ބިދޭސީއަކު ހިފަހައްޓާ ދޫނުކޮށްގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރު ވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީ މިހާވަނީ އެ އަންހެން މީހާ ސައިކަލަށް އަރައިގެން ދިޔަނުދީ ހިފަހައްޓާފައެވެ.

އެހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީގައި، ބިދޭސީ މީހެއްގެ ވޮލެޓެއް ދިވެހި އަންހެނަކު ފޭރިގަތް މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގައެވެ.

އަދި އެމައްސަލާގައި އެ އަންހެންމީހާ ހައްޔަރު ކޮށްފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.