ހަމާސްގެ ލީޑަރު އިސްމާއިލް ހަނިްޔޭގެ ހަށިގަޑު ޤަތަރަށް ގެންގޮސްފި، ޖަނާޒާ ހުކުރު ދުވަހު

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިްޔޭގެ ހަށިގަޑު ޤަތަރަށް ގެންގޮސްފި، ޖަނާޒާ ހުކުރު ދުވަހު

Author
ހުސައިން
02 އޮގަސްޓް 2024 02:47
0

އިސްރާއީލުން ޝަހީދު ކޮށްލާފައިވާ، ހަމާސް ޖަމާއަތުގެ ލީޑަރު އިސމާއިލް ހަނިއްޔެގެ ހަށިގަޑު ގަތަރަށް ގެންގޮސްފިއެވެ. އިސްމާއިލް ހައްނިއްޔޭގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ޤަތަރުގައެވެ.

ހަނިއްޔާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުއެވެ. އަދި ހަނިއްޔާ ފަސްތާނުލުމަށް ހަމަޖެހިފައިވަނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

އިސްމާއިލް ހައންިޔެ ޝަހީދު ކޮށްލާފައިވަނީ އީރާނުގެ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ. ބައިނަލް އަގުވާމީ މީޑިއާތަކުގެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަނިއްޔެ ޝަހީދު ކޮށްލާފައިވަނީ އީރާނުގައި އޭނާ ހުންނެވި ހޮޓަކުގެ ކޮޓަރިކޮޅުގައި މީގެ އެތައް މަހެއް ކުރިން ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.