ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

Author
ހުސައިން
01 އޮގަސްޓް 2024 09:59
0

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި މިއަދު ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ އާއި އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ.މާލެ އަދި ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލުގައި ކާރު ޖެހުނުލެއް ބާރުކަމުން، ސައިކަލުގައި އިން މީހާ ވަނީ ވިއްސައިގެން ގޮސް ދުރަށް ވެއްޓިފަ އެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.