ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވާ ކުރިއަށް ގެންގޮސްފައިވާ ސަރވޭއާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އަމީން ޖައިކާގެ ކޮންސަލްޓަންޓުންނަށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޖައިކާގެ ހެޑްކުއަރޓަރސްގެ ބޭފުޅުންނާއި މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތައްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމަކީ ޖައިކާ އާއި ޖަޕާނުގެ ކޮންސަލްޓަންޓުން ކުރިއަށް ގެންދިޔަ ސަރވޭއަކުން ހޯދި ހޯދުންތަކާ ބެހޭ މައުލޫމާތު މިނިސްޓްރީގެ ބޭފުޅުންނަށް ހިއްސާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
އާރް.ޓީ.އެލް ފެރީގެ އޮޕަރޭޝަންތަކަށް މި ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން އެކުލަވާލާފައިވާ އާރް.ޓީ.އެލް ފެރީ ނެޓްވާރކް އަށް ޖަޕާން ސަރުކާރުގެ ފަރާތުން ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިވެގެން އެހީ ހޯދުމަށް މި ވުޒާރާއިން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅިގެންނެވެ.