ބޭކާރު ހަރަދު ކުރާނެ ފައިސާއެއް ނެތް: ޖާންވީ

ބޭކާރު ހަރަދު ކުރާނެ ފައިސާއެއް ނެތް: ޖާންވީ

Author
ފާތިމަތު ނާވީ
29 ޖުލައި 2024 06:05
0

ސޯޝަލް މީޑީއާގައި އޭނާ ގެ ތައުރީފް ކޮށް ސަޕޯޓު ކުރާ މީހުންނަށް ދޭނެ ފައިސާ ނެއް ކަމަށާއި މިހާރު އުޅެން ޖެހެނީ ފައިސާ އަށް ވަރަށް ބަލައިގެން ކަމުން ބޭކާރު ކަންކަމަށް ހަރަދު ކުރާނެ ފައިސާ އޭނާގެ އަތުގައި ނެއް ކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.

ޖާންވީ ކަޕޫރު އަކީ ފިލްމް މޭކާ ބޯނޭ ކަޕޫރު އާއި ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ބަތަލާ މަރުހޫމާ ސްރީދޭވީ ގެ ދޮށީ އަންހެން ފަރިފުޅެވެ. އޭނާ ބޮލީވުޑް އަށް ތައާރަފުވީ 2018 ވަނަ އަހަރުގައިއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާންވީގެ ކުރިއަށް އޮތް ފިލްމު "އުލަޖް"ގެ ޕްރޮމޯޝަންތަކުގެ ތެރެއިން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި މިކަމާ ބެހޭ ގޮތުން ސުވާލު ކުރެވުމުން ޖާންވީ ވަނީ އެ ތުހުމަތުތަކަށް ރައްދު ދީފަ އެވެ.

ޖާންވީ ބުނީ އެ ކަހަލަ ބޭކާރު ކަންތައްތައް ކުރަން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށާއި އެކަމަށް ފިލްމުގެ ބަޖެޓު ތަންނުދޭ ކަމަށެވެ. އެއާއި އެކުގައި އެފަދަ ކަންކަމަށް އޭނާ އަތުގައި ފައިސާ ނެއް ކަމަށްވެސް ބުނެފައިއެވެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާންވީގެ ކުރިއަށް އޮތް ފިލްމް "އުލަޖް" އަކީ އަންނަ މަހުގެ 2 އަށް ސިނަމާތަކަށް ގެނައުމަށް ތާވަލު ކޮށްފައިވާ ފިލްމްއެކެވެ. މި ފިލްމްގައި އޭނާ ފެނިގެންދާނީ ފިރިހެން ކާސްޓަކާއި އެކުގައިއެވެ. އަދި މި ފިލްމްގައި އޭނާ ފެނިގެން ދާނީ ކުރިން ނުފެންނަ ފަދަ ކެރެކްޓާއަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.