"ކަމަނާ"ގެ ޓިކެޓް ވިއްކަން ފަށައިފި

"ކަމަނާ"ގެ ޓިކެޓް ވިއްކަން ފަށައިފި

Author
ފާތިމަތު ނާވީ
29 ޖުލައި 2024 07:02
0

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ދިވެހި ފިލްމު "ކަމަނާ"ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

އަންނަ މަހުގެ ފަހުކޮޅު ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފިލްމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމްއެކެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރީމިއާ ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by KAMANAA (@kamanaa_film)

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަމަނާ" ގެ ލީޑް ތަރިންނަކީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލު އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.