މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްޓަރކްޗަރގެ ބެލުމުގެ ދަށުން ގދ. ތިނަދޫގައި ކުރިއަށްގެންގޮސްފައިވާ ޑިޒައިން އެންޑް ބިލްޑް އޮފް ގދ.ތިނަދޫ – ފޭސް 2 މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕޮރޭޝަންއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 6.5 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީ ކުރުމާއި އަދި މަގުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތްތަކެވެ.
ކޮމެންޓު ފޮނުވާ