ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ފައިސާ ދޫކޮށްފި

ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ފައިސާ ދޫކޮށްފި

Author
ޙަސަން މުޙައްމަދު
28 ޖުލައި 2024 10:56
0

ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ހުރިހާ ފައިސާއެއް ދޫކޮށްފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިކަމާގުޅިގެން މިފްކޯއިން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިން ކިރާފައިވާ 136 މެޓްރިކް ޓަނުގެ މަހަށްވާ 2,146,301 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށާއި މިއީ ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ފައިސާ ކަމަށެވެ.

ސަރުކާރާއި މަސްވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު، މަސްވެރިން ބާނާ މަހަށް މިހާރު 2 ހަފްތާ ތެރޭގައި ފައިސާ ދޫކުރާއިރު މިސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.

މިމަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މި ފިޔަވަޅުތަކަކީ މަސްވެރިންގެ ދަތިތައް ޙައްލުކުރުމަށާއި، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.